ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާއަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެމުން ޑޮލަރުގެ ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ މީހަކު މިއަދު ބުނީ، މި ހަފުތާ ފެށުނު ފަހުން ޑޮލަރު ގަންނަން ލިބެނީ 18:00 ރުފިޔާއަށް ވުރެ މަތިން ކަމަށެވެ.
"ގިނައިން އަދިވެސް ބިދޭސީން މިއުޅެނީ. އެ މީހުން ޑޮލަރު އެބަ ގަނޭ، 18:10 އަކަށްވެސް 18:15 އަށްވެސް ގަނޭ." އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ޑޮލަރު ލިބޭ މިންވަރުވެސް މި ދުވަސްވަރު ދަށެވެ. އެއީ ރިސޯޓުތަކަށް ފަތުރުވެރިން މަދުން އަންނަ ދުވަސްވަރުކަމަށް ވުމުން ކަމަށް އޭނާ ބުންޏެވެ.
މާލޭގެ ޑޮލަރު އޭޓީއެމް ކައިރީގައި، ޑޮލަރު ގަންނަ ގިނަ ބިދޭސީންވެސް ޑޮލަރު ގަންނަނީ 18:00 ރުފިޔާއިން މަތިންނެވެ.
މި އަހަރު ފެށުނުއިރު ވެސް، ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާގައެވެ. ދޭތެރެއަކުން 18 އިން ދަށަށް ތިރިވިނަމަވެސް ގިނައިން ހުންނަނީ މަތީގައެވެ.
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު