ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ އެއާލައިނުން މި މަހުގެ 22 އިން ފެށިގެން ކޮންމެ ހޯމަ ދުވަހަކު މާލެއިން ޓްރެވިންޑްރަމަށް އަދި ޓްރެވިންޑްރަމުން މާލެއަށް ދަތުރުތައް އޮންނާނެ ކަމަށެވެ. އެ ދަތުރު މާލެއިން ފަށާނީ އެ ދުވަހުގެ 18:40 ގައެވެ. އަދި ރިޓާން ފްލައިޓު ފަށާ ގަޑިއަކީ، 22:20 އެވެ.
މިހާރު މޯލްޑިވިއަން އިން މާލެ އާއި ޓްރެވިންޑްރަމްއާ ދެމެދު ހަފްތާއަކު ހަތަރު ދަތުރު ކުރެ އެވެ. އެއީ، ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި ބުދަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހުއެވެ. މި ގެނައި ބަދަލާއެކު، ހަފުތާއަކު ފަސް ދުވަހު ފުލައިޓު އޮންނާނެ އެވެ.
ޓްރެވިންޑްރަމަކީ ބޭސްފަރުވާއަށް އާއްމު ގޮތެއްގައި ދިވެހީން ވަރަށް ގިނައިން ގޮސް އުޅޭ ސިޓީއެކެވެ.
މޯލްޑިވިއަންއިން އިންޑިއާގެ ބެންގަލޫރަށާއި ކޮޗިންއަށްވެސް ދަތުރުތައް ބާއްވަ އެވެ. އަދި ކޮލަމްބޯ އަަށާއި ޑާކާއަށްވެސް ވެސް ދަތުރުތައް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު