ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިންމައިފިއެވެ.

އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މާޅޮސް ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ ރަށުގައި މިހާރު ހަދާފައިވާ ބަނދަރަކީ 2006 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ. މާޅޮސް ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2021ގެ އޭޕްރިލް 5 ގައެވެ. އެ މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 69.4 މިލިއަން ރުފިޔާއަށެވެ.

  • 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 36,527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
  • 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 376 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 266 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހެދުން
  • 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
  • 1475 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން