ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެއާއި ހުޅުމާލޭގައި ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕުތަކާއި ފިހާރަތައް ބަލައިފާސްކޮށް މިދިޔަ ހޯމަ ދުވަހު ނުވަ ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އިއްޔެ އެފަދަ ތަންތަނުން ހަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ 15 ބިދޭސީން އަތުލައިގަތީ ޖުމުލަ ހަތް ތަނަކުންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 83 ބިދޭސީއަކު މިދިޔަ މަހުވެސް ވަނީ އަތުލައިގެންފައެވެ. މި އަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 1800 އެއްހައި ބިދޭސީން އަނބުރައި ފޮނުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން ކުރިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު