ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ހަތަރު ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހަތަރު ބިދޭސީން ރޭ އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ. އެ މީހުން އަތުލައިގަތީ ހުޅުމާލޭގެ ދެ ތަނަކުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 ގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތައް ރެއިޑްކޮށް 50 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ. އަދި އެ މީހުން ޑީޕޯޓް ކޮށްލަން ވަނީ ނިންމައިފައެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިިކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު