ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ބަނދަރުގެ ޕޭވިން މަސައްކަތްތަކުގެ 22 ޕަސެންޓްވެސް ނިމިފައިވާ ކަމަށެވެ.
ޖުމުލަ 76.44 މިލިއަން ރުފިޔާ މި މަޝްރޫއު ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2023 ގައެވެ.
- 17,900 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން
- 8,400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރުން
- 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
- 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
- 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
- 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 20 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުން
- 54 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުން
- 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން
- އެކްސަސް ޕްލެޓްފޯމެއް ހެދުން
- 3,863 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
- ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުން
ޚަބަރު
ޚަބަރު
ޚަބަރު