ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީތަކުގައި 200 އަށްވުރެ ގިނަ ފިރިހެނުން މަސައްކަތްކުރާ ކަމަށް ޖެންޑާއިން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ކޯޑިނޭޓަރު މައިރަމް ރާޔާ އަހްމަދު ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވިދާޅުވީ 2021ގައި އެއްކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީތަކުގެ ތެރެއިން 133 ކޮމިޓީއެއްގައި ފިރިހެން 233 މެންބަރުން މައްސަލަތައް ބަލައެވެ.

އިޖުތިމާއީ މައްސަލަތުގެ ތެރެއިން ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވަން 13 މެއި 2014 އިން ފެށިގެން ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނެއް ވުޖޫދަށް ގެނެސް ވަނީ އަމަލުކުރަން ފަށާފައެވެ.

އެ ގާނޫނުގައި ބުނާ ގޮތުން ނަމަ 30 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ތިބޭ ތަނެއްގައި ނަމަ ޖިންސީ ފުރާސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވަން މަސައްކަތްކުރާ އަދި އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެ މައްސަލަ ބަލާ ވަކި ކޮމިޓީއެއް އޮންނަން ޖެހެއެވެ. އެ ކޮމިޓީގައި ތިބެން ޖެހެނީ ތިން މެންބަރުންނެވެ. އޭގެ ތެރޭގައި އަންހެން މެންބަރެއް ހުރުން ގާނޫނުން ލާޒިމު ކުރެއެވެ. މެންބަރުންގެ ގޮތުގައި ތިން އަންހެނުންނަށްވެސް ތިބެވިދާނެއެވެ.

އަންހެން މެންބަރުންގެ ގޮތުގައި މަސައްކަތް ކުރަނީ 195 މެންބަރުން ކަމަށް ރާޔާ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަވެފައި ވަނީ ރާއްޖޭގެ ގިނަ ކުންފުނިތަކުގައާއި ވަޒީފާދޭ ތަންތަނުގައި ފިރިހެނުން އިސްވެ ހަރަކާތްތެރިވާތީ ކަމަށް ރާޔާ ވިދާޅުވިއެވެ.

"ސަރުކާރުގެ އިދާރާތަކުގައި 79، ޕަބްލިކްސެކްޓާ ތަކުގައި 6 އަދި ޕްރައިވެޓް ސެކްޓާ ތަކުގައި 48 ތަނެއްގައި ކޮމެޓީ އޮތީ. 2021 ގައި އެއްކުރި ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މި 133 ކޮމެޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަންހެން 195 މެންބަރުން އެބަތިބި. ފިރިހެން 233. އޭގެ މާނަޔަކީ މި ކޮމިޓީތަކުގައި ގިނައީ ފިރިހެން މެންބަރުންނޭ. އެ ވެދާނެ ފަހަރެއްގަ އިސްވެރިން ތިބެން ޖެހޭތީ. ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ފިރިހެނުން ގިނަ." ރާޔާ ވިދާޅުވިއެވެ.

  • ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއް
  • ރައީސް އޮފީސް
  • ރައްޔިތުންގެ މަޖުލިސް
  • މިނިވަން މުވައްސަސާތައް
  • ކޯޓުތަކުގެ ތެރެއިން 30 މުވައްޒަފުން ހަމަވާ ކޯޓުތައް