ސްޓެލްކޯގެ ކޭބަލްތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަންގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގީ މި މަހުގެ ދެ ވަނަ ދުވަހުއެވެ.
އެ ދުވަހު ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރުގެ ބައެއް މަގުތަކުންނާއި ގެތަކުން ކަރަންޓު ކެނޑުނެވެ. އެއީ ހެންވޭރު އަބަދަށްފެހި މަގާއި މެދުޒިޔާތަރްމަގާއި ކަޅުހުރާމަގާއި ކަރަންކާ މަގުގެ އިތުރުން ބައެއް ގެތަކުންނެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުކުރެވޭ 32 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ހައްޔަރު ކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު