ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ނެދަލޭންޑްސްއާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ތުރުކީއަށް މިއީ 2008 ވަނަ އަހަރަށްފަހު ކުޅޭ ފުރަތަމަ ޔޫރޯ ކުއާޓާ ފައިނަލް. މީގެ ކުރިން އެޓީމުން ޔޫރޯގެ ކުއާޓާ ކުޅެފައިވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގައި. އޭގެ ތެރެއިން 2008 ވަނަ އަހަރު އެޓީމުން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައި. އަނެއްކޮޅުން ނުކުންނަ ނެދަލޭންޑްސްއިން މިފަހަރުގެ ކުއާޓާ ފައިނަލް ޔަގީން 16 އަހަރުގެ އިންތިޒާރަކަށްފަހު. 2008 ވަނަ އަހަރުގެ ޔޫރޯއަށްފަހު މިއީ ނެދަލޭންޑްސް މުބަރާތުގެ ކުއާޓާއަށް ގޮސްފައި ފުރަތަމަ ފަހަރު. އެޓީމުން މިފަހަރުގެ ކުއާޓާ ޔަގީންކުރީ ގަދަ 16 ގެ މެޗުގައި ރުމޭނިއާ 3-0 އިން ބަލިކޮށްގެން.
- ނެދަލޭންޑްސް އާއި ތުރުކީ ކުރިމަތިލި ހަ މެޗެއް ނެދަލޭންޑްސްއިން ކާމިޔާބުކުރި
- ތުރުކީއަށް މޮޅުވެވިފައި އޮތީ ހަތަރު މެޗެއްގައި، ދެޓީމު
- ނެދަލޭންޑްސްއާއި ތުރުކީން އެންމެފަހުން ކުޅުނު ދެ މެޗުގައި 14 ގޯލު ފެނުނު
- އެއީ 2021 ވަނަ އަހަރު ކުޅުނު ދެ މެޗު. އޭގެ ތެރެއިން އެއް މެޗުން ތުރުކީ 4-2 އިން މޮޅުވި، އަނެއް މެޗުން ނެދަލޭންޑްސް މޮޅުވީ 6-1 ގެ ނަތީޖާއަކުން.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024