މާލޭގައި ހަށިވިއްކަމުންދިޔަ ކަމަށް ތުހުމަތުވާ ދިވެއްސަކާއި ތައިލެންޑުގެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ، މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް، 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވެސް ވަނީ ހަށިވިއްކާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައެވެ. އެއީ ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު