ޔޫރޯ 2024 ގެ ގަދަ 16 ގައި އޮސްޓްރިއާއާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އެފްގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެން. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައި. އެ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއިން ހޯދި އިރު، ތިންވަނައިގައި ގަދަ 16 އަށް ދިޔަ ޖޯޖިއާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައި.

ތުރުކީން އެންމެފަހުން ޗެކު ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަކީ މިހާތަނަށް ޔޫރޯ ތާރީހުގައިވެސް އެންމެ ގިނައިން ކާޑު ފެނިގެން ދިޔަ، ހޫނުގަދަ މެޗެއް. ތުރުކީ ޓީމަށް އެކަނިވެސް އެ މެޗުގައި 11 ކާޑު ދައްކާފައިވާ އިރު، ދެ ރީނދޫ ކާޑު ހަމަވެގެން ޓީމުގެ ކެޕްޓަން ހަކާން ޗަލަނޮގްލޫ އާއި ޑިފެންޑަރު ސަމެޓް އަކޭޑިންއަށް މިރޭގެ މެޗު ނުކުޅެވޭ.

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮސްޓްރިއާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޯޗު ރަލްފް ރަންގްނިކާ އެކު ޔޫރޯގައި އެޓީމު ދަނީ ފިޔަ ޖަހަމުން. އެޓީމުން ގަދަ 16 އަށް ނުކުންނަނީ ފްރާންސާއި ނެދަލޭންޑްސް ފަދަ ގައުމުތައް ހިމެނުނު ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައި. ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއިން ވަނީ ނެދަލޭންޑްސް 3-2 އިން ބަލިކޮށް، ޕޮލެންޑް 3-1 އިން ބަލިކޮށްފައި. އެޓީމު ބަލިވީ ފްރާންސް އަތުން 1-0 އިން. އެ މެޗުގައި ގޯލު ވަނީ ބައިކޮޅަށް.

  • ދެ ގައުމުގެ ކުރިމަތިލުންތައް ތާރީހުގައި ވާދަވެރި
  • ތުރުކީން ހަތް މެޗެއް، އޮސްޓްރިއާއިން ނުވަ މެޗެއް ކާމިޔާބުކުރި އިރު، އެއްވަރުވެފައި އޮތީ އެންމެ މެޗެއް
  • އެންމެފަހުން ދެ ގައުމުން ކުޅުނު ތިން މެޗަކީވެސް އެކުވެރިކަމުގެ ތިން މެޗު
  • އޭގެ ތެރެއިން ދެ މެޗުން މޮޅުވީ އޮސްޓްރިއާ
  • އެންމެފަހުން މިއަހަރު މާޗު މަހު ކުޅުނު އެކުވެރިކަމުގެ މެޗުން އޮސްޓްރިއާ މޮޅުވީ 6-1 އިން