ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސްކޭމް މެސުޖުތަކެއް ދައުރުވާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރެއިން ފެށިގެން އެ ކުންފުނީގެ ނަމުގައި އޮޕީޑީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއީ އެޗްޑީސީން ފޮނުވާފައިވާ މެސެޖުތަނެއް ނޫން ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައިވެސް އެގޮތަށް ދައުރުވާ މެސެޖުތަކާމެދު ކަސްޓަމަރުން ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އޯޓީޕީ ފަދަ ސެކިއުރިޓީ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އެ ކުންފުނިން އެދެއެވެ.
އެޗްޑީސީން ބުނީ، ކަސްޓަމަރުންގެ މައުލޫމާތާއި ސެކިއުރިޓީއަކީ އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން ޕޭމަންޓް ރިސިޓްތަކަށް ރޭ ދިމާވި މައްސަލަ މިހާރު ހައްލުކޮށް، ކަސްޓަމަރުންނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޑޭޓާގެ މައްސަލަތައްވެސް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު