ޔޫރޯ 2024 ގެ ގަދަ 16 ގައި ޕޯޗުގަލާއި ސްލޮވީނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޕޯޗުގަލުން ގަދަ 16 އަށް ނުކުންނަނީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ޗެކު ރިޕަބްލިކާއި ތުރުކީ ބަލިކޮށްފައި. ޕޯޗުގަލުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަލިވީ ޖޯޖިއާ އަތުން. އެ މެޗަށް ޓީމުގެ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނައިކަން ފާހަގަވޭ.
މިއީ ސްލޮވީނިއާގެ ތާރީހުގައިވެސް ދެވަނަ ޔޫރޯ. އަދި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ ގަދަ 16 ގެ މެޗަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ޔޫރޯއެއްގެ ނޮކްއައުޓް ބުރުގައި ކުޅޭނެ ފުރަތަމަ މެޗު. ސްލޮވީނިއާއިން ގްރޫޕް ސީން ގަދަ 16 އަށް ދެމިގަތީ ސާބިއާއާ 1-1 އިން އެއްވަރުކޮށް، ޑެންމާކާވެސް 1-1 އިން އެއްވަރުކޮށް، އިންގްލެންޑް 0-0 ގައި ހިފަހައްޓާލައިގެން. އެޓީމަކީ ގްރޫޕް ސީގެ ތިންވަނަ ޓީމު.
- ދެ ގައުމުގެ ތާރީހުގައިވެސް މިހާތަނަށް ބައްދަލުކުރީ އެންމެ މެޗެއްގައި.
- އެއީ މިއަހަރު މާޗު މަހު ސްލޮވީނިއާގައި ކުޅުނު މެޗެއް، އެ މެޗުން ސްލޮވީނިއާ މޮޅުވީ 2-0 އިން.
- އެއީ ސަޕްރައިޒިން ސްކޯއެއް، މިރޭ މެޗުގެ ކުރިން ސްލޮވީނިއާ ޓީމުން ބުނީ ސަޕޯޓަރުންނަަށް ޓީމާ މެދު އުންމީދު އާވީ އެ މެޗުން ކަމަށް.
- މިރޭގެ މެޗަށް ނުކުންނަ އިރު، ފެވަރިޓަކީ ޕޯޗުގަލް، އެހެންނަމަވެސް ސްލޮވީނިއާ ދޫ ނުދޭނެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024