ދިރާގާއި ސްޕާކް ހަބް ގުޅިގެން "ލީން ސްޓާޓްއަޕް މޯލްޑިވްސް"ގެ ކޭމްޕެއް މި މަހު އައްޑޫގައި ބާއްވަން ނިންމައި، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
ލީން ސްޓާޓް އަޕް މޯލްޑިވްސް އަކީ ވިޔަފާރިތައް ފެށުމާއި ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އަހުލުވެރިކޮށް ތަމްރީނުތައް ދިނުމަށް ބާއްވާ ކޭމްޕެކެވެ. މިއީ އައްޑޫގައި މި ކޭމްޕު ބާއްވާ ފުރަތަމަ ފަހަރެވެ. އައްޑޫގައި އެ ކެމްޕޭން ކުރިއަށް ގެންދާނީ މި މަހުގެ 19 އިން 21 އަށް ގަމުގެ އީކުއޭޓާ ވިލެޖުގައި ކަމަށެވެ.
ދިރާގުން ބުނީ ލީން ސްޓާޓްއަޕް މޯލްޑިވްސްގެ އަމާޒަކީ ޕިޗްކުރުމާއި ހިޔާލުތައް އުފެއްދުމުގެ ކުރިން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކާ ގުޅޭ ގޮތުން ބައިވެރިންނަށް ތަމްރީނުދީ އެކަމަށް ހައްލެއް ހޯދުން ކަމަށެވެ. އަދި އިންޓެންސިވް ބޫޓްކޭމްޕުގައި ލީން ކެންވަސް މޮޑެލް އެޕްލިކޭޝަން އަދި ސޮލިއުޝަން ޑިވެލޮޕްމަންޓްގައި ބެސްޓް ޕްރެކްޓިސްތައް ހިމެނޭނެ ކަމަށްވެސް ބުންޏެވެ.
ދިރާގުން ބުނީ، ސެޓިފައިޑް ލީން ޕްރެކްޓިޝަނަރަކާއި ކޯޗަކާއެކު އެ ޕްރޮގްރާމަށް މަގުފަހިކޮށްދީ، ކަސްޓަމަރުން ދެނެގަނެ، ހޯދުމާއި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށް އެންމެ ފުރަތަމަ މަރުހަލާގެ ސްޓާޓްއަޕްތަކަށް ރަނގަޅު ފިޔަވަޅުތަކާއި ޕްރޮސެސްތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ އެކްސްޕާޓް ލެޑް ތިއޮރިޓީކަލް އަދި ޕްރެކްޓިކަލް ސެޝަންތަކާއެކު ވަސީލަތްތަކާއި ޓެކްނިކްސްގެ އަގުހުރި އޮނިގަނޑެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.
ދިރާގާއި ސްޕާކްހަބްގެ ޕާޓްނާޝިޕްގެ ދަށުން، ލޯކަލް ސްޓާޓްއަޕް ސަގާފަތް ކުރިއަރުވައި، ރާއްޖޭގައި ސްޓާޓްއަޕް އިކޯސިސްޓަމެއް ގާއިމުކުރުމަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިރާގުން ސްޕާކް ހަބާއި ގުޅިގެން ކޮންމެ އަހަރަކު ވެސް ދަނީ މި ބޫޓްކޭމްޕު ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު