ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގައި ސްޕެއިނާއި ޖޯޖިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ސްޕެއިނަކީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމު. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި. އެއީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީ. މަރުގެ ގްރޫޕްގެ ގޮތުގައި އޮތް ގްރޫޕް ބީގައި ސްޕެއިން ވަނީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ އާއި ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާވެސް ބަލިކޮށްފައި.
އަނެއްކޮޅުން ނުކުންނަ ޖޯޖިއާ، އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ނުކުމެ ގަދަ 16 ޔަގީންކުރުމުން އެޓީމަށް ވަނީ ތައުރީފު ބަންޑުން ވެފައި. ޖޯޖިއާއިން ތާރީހީ ޔޫރޯ ދަތުރެއްގައި ކުރިއަށްދާ އިރު، އެޓީމުގެ ކާމިޔާބީއާ އެކު މުޅި ގައުމު ދަނީ މިހާރުވެސް އުފާފާޅު ކުރަމުން. ޖޯޖިއާ ގްރޫޕް އެފްގެ ތިންވަނަ ހޯދީ ޗެކު ރިޕަބްލިކާ އެއްވަރުކޮށް، އެންމެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށްގެން. އެޓީމު ބަލިވީ ތުރުކީ ކައިރިން އެކަނި.
- ސްޕެއިނާއި ޖޯޖިއާ މީގެ ކުރިން ހަތް ފަހަރު ވާދަކުރި
- އޭގެ ތެރެއިން ޖޯޖިއާ މޮޅުވީ އެންމެ ފަހަރަކު އެއީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި
- ސްޕެއިން އަނެއް ހަ މެޗު ކާމިޔާބުކުރި
- އެންމެފަހުން ކުޅުނު ދެމެޗަކީ ޔޫރޯ ކޮލިފިކޭޝަންގައި ކުޅުނު ދެމެޗު
- ކޮލިފިކޭޝަން ދެމެޗުވެސް ކާމިޔާބުކުރީ ސްޕެއިން
- އެއީ 7-1 ގެ ނަތީޖާއަކުން، އަދި 3-1 ގެ ނަތީޖާއަކުން
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024