ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގައި އިންގްލެންޑާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިންގްލެންޑުން ގްރޫޕް ސީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުން. އެއީ ފުރަތަމަ މެޗުން. ސާބިއާ ކައިރިން 1-0 އިން އިންގްލެންޑް މޮޅުވި ނަމަވެސް، އޭގެފަހުން ދެން ކުޅުނު ދެ މެޗުވެސް ވީ އެއްވަރު. އެއީ ޑެންމާކާ 1-1 އިން އެއްވަރުވި މެޗުގެ އިތުރުން 0-0 އިން ސްލޮވީނިއާ ކައިރިން ލިބުނު ޕޮއިންޓް.

ސްލޮވޭކިއާއިން ގަދަ 16 އަށް ދިޔައީ ގްރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައި. އެޓީމުން ގްރޫޕް ސްޓޭޖުގައި ތަފާތު ރޫހެއް ދެއްކި އިރު، މުޅި ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު ސަޕްރައިޒެއްގެ ގޮތުގައި އެޓީމުން ބެލްޖިއަމް ބަލިކުރި ކުރުން ފާހަގަކުރެވޭ. އޭގެފަހުން ސްލޮވޭކިއާއިން ޔުކްރެއިން އަތްދަށުވި ނަމަވެސް، ރުމޭނިއާއާ ފަހު މެޗު އެއްވަރުކޮށް، އެޓީމުން ވަނީ ގަދަ 16 ޔަގީންކޮށްފައި. މިއީ 2016 ވަނަ އަހަރު ފަހުން އެޓީމުން ޔޫރޯގެ ގަދަ 16 ގައި ކުޅޭ ފުރަތަމަ ފަހަރު.

  • އިންގްލެންޑާއި ސްލޮވޭކިއާ މީގެ ކުރިން ހަ މެޗެއްގައި ވާދަކުރި
  • އޭގެ ތެރެއިން އިންގްލެންޑް ވަނީ ފަސް މެޗުން މޮޅުވެފައި
  • އެއްވަރުވީ އެއް މެޗު، ސްލޮވޭކިއާއަށް މިހާތަނަށް އިންގްލެންޑް ބަލިކުރެވިފައެއް ނުވޭ
  • އެންމެފަހުން އިންގްލެންޑާ ސްލޮވޭކިއާ ކުރިމަތިލީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި، އެ މެޗުން އިންގްލެންޑް މޮޅުވީ 2-1 އިން
  • ޔޫރޯ 2016 ގައި ދެ ޓީމުން ކުޅުނު މެޗު ވީ ގޯލެއް ނުޖެހި އެއްވަރު