ގުރުއާނާބެހޭ މަރުކަޒުން ގުރުއާން ހިތުދަސް ކުރާ ޕްރޮގްރާމެއްގައި ބައިވެރިވެ، ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ދަރިވަރުންނަށް ހާއްސަ އިނާޔަތެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް އިފުތިތާހު ކުރުމުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ ހާއްސަ އިނާޔަތެއް ދޭން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. އަދި ކީރިތި ގުރުއާން ހިތުދަސް ކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއު ފެށުމުގެ ގޮތުން ފުވައްމުލަކުން ގުރުއާން ހިތުދަސްކުރި ހަތް ދަރިވަރަކު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
"ކީރިތި ގުރުއާނަށް، އިސްލާމް ދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ގުރުއާނާބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ގުރުއާނާބެހޭ މަރުކަޒަށް އާ އިމާރާތެއް ބޭނުންވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ރައީސްއާ ކުރައްވާނެ ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެ މަރުކަޒަށް އަމިއްލަ އިމާރާތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު