އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯ 2024ގައި "މަދިރީގެ އުނދަގޫ ވަރަށް ބޮޑު" ކަމަށް ޖަރުމަންގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.
ގަދަ 16ގައި ޖަރުމަނުން ޑެންމާކާ ދެކޮޅަށް ނުކުންނަ އިރު، އެ ޓީމުން ތަމުރީނުތަކަށް ބޭނުންކުރާ ބަވާރިއާގެ ތަމްރީނު ސްޓޭޑިއަމުގައި އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ މަދިރީގެ މައްސަލައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ކުޅުންތެރިންނަށް ވަނީ ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ.
މަދިރިން ސަލާމަތްވުމަށް ބޭނުންކުރާ ބޭހުގެ ސަބަބުންވެސް ޖަރުމަންގެ ކުޅުންތެރިންނަށް ވަނީ އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކޯކޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މަދިރި ކޮންޓްރޯލުކުރާ ސްޕްރޭގެ ސަބަބުން އެ ސަރަހައްދުގައި ނުބައި ވަހެއް އުފެދިފައިވާތީ ކޭމްޕަށް ނުނިކުމެ، ކުޅުންތެރިން ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވަނީ އެތެރޭގައެވެ.
ޖަރުމަނުން ތަމުރީނުތަކަށް ބޭނުންކުރަނީ ގައުމީ ޓީމަށް އެޑިޑާސް އިން ތަރައްގީކޮށްދިން ދަނޑެއްގައެވެ. ބަވާރިއާގައި އެ ދަނޑު ހުންނަ ސަރަހައްދަކީ ކުރިން އެމެރިކާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ސަރަހައްދެކެވެ.
"އަހަރެމެންނަށް ވަނީ ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިފައި. ވައިޖެހޭ ނަމަ، މާގިނަ މަދިރިއެއް ނޫޅޭނެ. އެހެން ނޫން ނަމަ، އަހަރެމެން މި ޖެހެނީ ހޮޓެލް ތެރޭ ތާށިވެގެން ހުންނަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ނަގެލްސްމަން ބުންޏެވެ.
ޖަރުމަން ކުޅުންތެރިންނަށް މަދިރީގެ އުނދަގޫ ކުރިމަތިވެފައިވާ އިރު، ބޭރު ތެރެއިން ކުޅުންތެރިން އެއްވުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިނުވުމުން ޔޫރޯގެ އެހެން މެޗުތައް ބަލައި ރަނގަޅަށް ދިރާސާކުރުމަށްވެސް އުނދަގޫތަކަކާ ވަނީ ކުރިމަތިވެފައެވެ. ބަވާރިއާގައި ގިނަ އަދަދަކަށް މަދިރި އާލާވެފައިވަނީ މި އަހަރު އެ ސަރަހައްދުގައި ފެން ބޮޑުވުމުގެ މައްސަލަ ބޮޑުވުމާއި ގުޅިގެންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024