ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ގަނާ ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ވިލިނގިލީގައި ކުޑަ އަންހެން ކުއްޖަކަށް ގަނާ ކުރަމުން ދަނީ އެ ކުއްޖާ ބަނޑުބޮޑު ކަމަށް ބުނެއެވެ. އެކަމުގައި 18 އަހަރު ނުފުރޭ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ހިމެނޭ ކަމަށް އެ ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އެ ކުއްޖާ ވަނީ ޕްރެގްނެސްސީ ޓެސްޓުވެސް ހަދައިފައެވެ. ނަމަވެސް ނަތީޖާ ނެގެޓިވްއެވެ.
މިކަމަ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި މިއަދު ވިދާޅުވީ އެ މައްސަލަ ގުޅުންހުރި އިދާރާތަކާއެކު ބަލަމުންދާ ކަމަށެވެ.
"އަދި މިކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަންވެސް ފުލުހުން ކުރަމުންދާ ވާހަކަ ދަންނަވަން،"
ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާހައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ޝިފާން ވަނީ އިލްތިމާސްކުރައްވައިފައެެވެ.
ޚަބަރު
ޚަބަރު
ޚަބަރު