މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަކީ ތައިލެންޑުގެ ފަތުރުވެރިއެއް ކަމަށްވާ ސުޓާޕާ އަމޯންވިވަތުއެވެ.
ސިންގަޕޫރުން އޭނާ ރާއްޖެއަށް އައީ ފިރިމީހާއާއި ދެ ދަރިން ގޮވައިގެންނެވެ. މިއީ އޭނާ ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. ފުރަތަމަ ދަތުރުގައި 2011 ވަނަ އަހަރު އޭނާ އައީ ހަނީމޫނަށެވެ.
ސުޕާޓާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ބޮޑުބެރުގެ ހަރަކާތްތަކާއި ސަފާގީ ނެށުންތަކާއެކު ސުޕާޓާއަށް މަރުހަބާ ކިޔާފައިވާއިރު، އޭނާއަށް މަރުހަބާ ކިޔަން ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އަދި ކަމާބެހޭ އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސުޕާޓާއަށް ޓޫރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ، މޯލްޑިވްސް ކަސްޓަމްސް، އިމިގްރޭޝަން، މަޓާޓޯ އަދި ޓީއެމްއޭ އިން ވަނީ އެކި ހަދިޔާތައް ދީފައެވެ.
އެމްއެމްޕީއާރްސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި ނުލައި އެއް މިލިއަން ފަތުރުވެރިން ނުގެނެވޭނެ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު