ޔޫރޯ 2024 ގައި ކުޅޭ 35 ވަނަ މެޗުގައި ޗެކު ރިބަޕްލިކާއި ތުރުކީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ޗެކް ރިޕަބްލިކަށް މިރޭ މޮޅުވެގެން ގަދަ 16 އަށް ދެވެން އެބައޮތް. އެހެން ނަމަވެސް، އެޓީމަށް އެ ނޫން ގޮތަކަށް ގަދަ 16 އަށް ދެވޭކަށް ނެތް. އެއީ ތިން ޕޮއިންޓާއެކު ނޫން ގޮތަކަށް ތިންވަނައިގައި ނިންމާލިޔަސް އެޓީމަށް ގަދަ 16 އަށް ފުރުސަތު ނެތީމަ. ތުރުކީއަށްވެސް މިރޭގެ މެޗުން މޮޅުވެ، ގަދަ 16 އަށް ފުރުސަތު އެބައޮތް. ތުރުކީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޖިއާ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުން. އެހެން ނަމަވެސް، އެޓީމު ވަނީ އެންމެފަހުން ޕޯޗުގަލް ކައިރިން 3-0 އިން ބަލިވެފައި.

  • ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ތުރުކީން ކުޅޭ ފަހު މެޗުގައި މިރޭ ޗެކު ރިޕަބްލިކާ ދެކޮޅަށް ނުކުންނަ އިރު، ޓީމު އޮތީ ބައިބައިވެފައި ކަމަށާއި، ކޯޗު ވިންސެންޒޯ މޮންޓޭލާ އަތުން ޑްރެސިން ރޫމްގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނޭ
  • މީޑިއައިން ބުނީ ތުރުކީގެ އުންމީދީ ތަރި، ރެއާލް މެޑްރިޑްގެ އަރްދާ ގޫލާއާއި ކޯޗު މޮންޓޭލާ މައްސަލަ ގޯސްކަމަށް
  • މީޑިއާއިން ބުނީ ޕޯޗުގަލް މެޗުގެ ފުރަތަމަ 11 އަށް ނުނެރުނީ އެހެންވެ ކަމަށް
  • އެ ހުރިހާ ތުހުމަތަކާއެކު ޕްރީ މެޗު ޕްރެސްގައި މޮންޓޭލާ ބުނީ "ގައުމަށް ލޯބިކުރާނަމަ، ގައުމީ ޓީމަށް ހިތްވަރު" ދިނުމަށް
  • މޮންޓޭލާ އިތުރަށް ބުނީ ގޫލާ ޕޯޗުގަލް މެޗަށް ނުނުކުތީ "ގްރޮއިން" އަނިޔާއެއްގެ ސަބަބުން ކަަމަށާއި، ތަމްރީނުތަކުގައި ނުރުހުންވެގެން އުޅުނު ކަމަށް ބުނެ ދައްކަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށް