ޔޫރޯ 2024 ގައި ކުޅޭ 34 ވަނަ މެޗުގައި ޔުކްރެއިނާއި ބެލްޖިއަމް ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ބެލްޖިއަމް މިރޭ ޕޮއިންޓެއް ހޯދައިގެންވެސް، ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ގަދަ 16 ޔަގީން ކުރެވޭނެ. އެއާއެކު ބެލްޖިއަމް ކެޓުމުގެ ފުރުސަތުވެސް އެބައޮތް. އެއީ މިރޭގެ މެޗުން ބަލިވެ، ރޮމޭނިއާ ކުޅޭ މެޗުން އެޓީމު ޕޮއިންޓެއް ހޯދައިފިނަމަ. ޔުކްރެއިނަށް ތިން ޕޮއިންޓާއެކު ގްރޫޕްގެ ގަދަ ދެޓީމުގެ ތެރޭގައި ހިމެނުމަށް ފުރުސަތު އެބައޮތް. އަދި އެއްވަރުވެގެން ޔުކްރެއިނަށް ގަދަ 16 ލިބެން އޮތީ އަނެއް މެޗު އެއްވަރު ނުވެއްޖެ ހާލަތެއްގައި.

  • ސެރްހީ ރެބްރޯވް - ޔުކްރެއިން

"ބޭނުންވަނީ ގްރޫޕު ސްޓޭޖު ފަހަނައަޅައި ގޮސް، ރަޝިއާ އިން ދެމުންގެންދާ އަނިޔާތަކުން ޔޫކްރެއިންގެ ރައްޔިތުންނަށް ލިބޭ ހިތާމަތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެސްދޭން. އެކަން ވެގެންދާނީ 'ފެއަރީޓޭލް' އަކަށް. އަހަރެމެން ބޭނުންވަނީ އެތައް ދުވަހަކަށްފަހު އެފަދަ އިހުސާސެއް ގެނެސްދޭން. އެއީ އަހަރެމެން ހަނގުރާމައިގެ ތެރޭގައި ދިރިއުޅޭތާ މިހާރު މިވީ ގާތްގަނޑަކަށް 900 ދުވަސް. ޔޫކްރެއިނަށް ކޮންމެ މެޗެއް، ކޮންމެ އިވެންޓަކީވެސް މާނަ އެކުލެވޭ ކަންކަން. އެއީ ކުރީގެ ހަނދާންތައް އާވެގެންދާނެ ކަމެއް،"

  • ޑޮމިނިކޯ ޓަޑެސްކޯ - ބެލްޖިއަމް

"ފަހަތުގައި މަޑުކޮށްގެން މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ބޭނުމެއް ނުވޭ. "އަހަރެމެން ނުކުންނާނީ މެޗުން މޮޅުވާން. އަހަރެމެންނަށް އެ ހިސާބު ޖަހައިގެން ތިބެވޭކަށް ނޯންނާނެ، އަހަރެމެން ބޭނުންވަނީ މޮޅެއް ހޯދަން. މެޗުގެ ފަހު ހަތް މިނެޓުގައި ވަކި ގޮތަކަށް ނަތީޖާ ބާއްވަން ބޭނުންވެދާނެ، އެކަމަކު އަހަރެމެން ފުރަތަމަ މި ނުކުންނަނީ ތިން ޕޮއިންޓް ހޯދަން. އެއް ވަގުތެއްގައި ކުޅޭ ރުމޭނިއާ އާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުގެ ނަތީޖާއަށްވެސް ވަކި ހިސާބަކުން ބަލަމުންދާނަން. ނަމަވެސް އަމާޒު ބަހައްޓާނީ ޔޫކްރެއިންއާ ދެކޮޅަށް ނުކުންނަ މެޗަށް"