އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ހިއްސާކުރެއްވި ފޮޓޯއެއްގައި ވަނީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެމްބަރުންނަށް ދަންނަވައިފައެވެ.
ޖޫން 26، 2005 ގައި ރަޖިސްޓްރީ ކުރި އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ.
އެމްޑީޕީ ވުޖޫވި ފަހުން އެ ޕާޓީން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ވެރިކަންކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ.
ޚަބަރު
ޚަބަރު