ގައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައިދިނުމުގައި މާތް اللهގެ ހެޔޮރަހުމަތްފުޅާއެކު އެމްޑީޕީން ދެމި އޮންނާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީއަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
"އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ އެންމެ މުހިންމު ރައުސްމާލުކަމުގައިވާ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންނަށް އަރިސްކުރަން،" ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނު ވިދާޅުވީ، އިސްލާމީ ސައްހަ އަގީދާގައި ދެމި ތިބެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުންނަށް ހިތްފަސޭހަ ތަނަވަސް ދިރިއުޅުމެެއް މަގުފަހި ކޮށްދިނުމުގައި އެމްޑީޕީން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ގައުމާއި ރައްޔިތުންނަށް އިތުރު ކުރިއެރުން ހޯދައި ދިނުމުގައި މާތް اللهގެ ހެޔޮރަހުމަތްފުޅާއެކު އެމްޑީޕީން ދެމި އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު