ޔޫރޯ 2024 ގައި ކުޅޭ 31 ވަނަ މެޗުގައި އިންގްލެންޑާއި ސްލޮވީނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މެޗަށް ނުކުންނަ އިރު، އިންގްލެންޑް އޮތީ ފުރަތަމަ މެޗުގައި ސާބިއާ ކައިރިން މޮޅުވެ، ޑެންމާކާ އެއްވަރުކޮށްފައި. އެ ނަތީޖާތަކާއެކު އެޓީމަށް އޮތީ ގަދަ 16 ޔަގީންވެފައި. އެހެންނަމަވެސް އެއްވަނަ ހޯދަން އިންގްލެންޑަށް މޮޅެއް މުހިއްމު. ސްލޮވީނިއާއަށް އެއްވަރު ކޮށްގެންވެސް ގަދަ 16 އަށް ފުރުސަތެއް އެބައޮތް. ސްލޮވީނިއާއިން މިހާތަނަށް ކުޅުނު ދެ މެޗުން އެއްވަރުކޮށް، ދެ ޕޮއިންޓާއެކު އޮތުމުން، އެޓީމު މޮޅުވެއްޖެ ނަމަ، ގަދަ ދެ ޓީމުގައި ހިމެނުމަށް ފުރުަސަތު އެބައޮތް.

  • ޑެންމާކް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އިންގްލެންޑުން ދެއްކި ކުޅުމަށް އިނގިރޭސި ފުޓުބޯޅަ ލެޖެންޑް އަދި ފުޓުބޯޅަ އެނަލިސްޓް ގޭރީ ލިނެކާ ފާޑުކީ، އޭގެ އިތުރުންވެސް ގިނަ ބަޔަކު ފާޑުކީ
  • އެ ޕްރެޝަރަށް ކޭން ރައްދު ދިނީ މި ޓީމުން ކުރި ވަރު އެހެން ޓީމުތަކަށް ނުވާ ކަމަށްބުނެ
  • ޑެކްލައިން ރައިސްވެސް ބުނީ ލެޖެންޑުން ޓީމަށް ހިތްވަރު ދީ، އެކަމަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް
  • ސައުތުގޭޓް ބުނީ ލިނެކާ ދެއްކި ވާހަކަ ނޭނގޭ ކަމަށްް
  • ބޭރުތެރެއިން ދައްކާ ވާހަކަތަކަށް ރައްދުދީގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އަބަދުވެސް އެފަދަ ވާހަކަތައް ދައްކާނެ ކަމަށްވެސް ސައުތުގޭޓް ބުނި