ޔޫރޯ 2024 ގައި ކުޅޭ 28 ވަނަ މިނެޓުގައި ކްރޮއޭޝިއާއާއި އިޓަލީ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ކްރޮއޭޝިއާއަށް އޮތީ ހަނި ފުރުސަތެއް. އެއީ މިރޭގެ މެޗުން މޮޅުވެގެން އެކަނި ލިބެން އޮތް ފުރުސަތެއް. އެންމެފަހުގެ ޗެމްޕިއަން އިޓަލީން ޔޫރޯ 2024 ގައި ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމަކާ އެކު 2-1 އިން އަލްބޭނިއާ ބަލިކުރި ނަމަވެސް، ދެން ޖެހުނު މެޗުގައި ސްޕެއިން ކައިރީ 1-0 އިން ވީ ބަލި. ކްރޮއޭޝިއާ ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން 3-0 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި އަލްބޭނިއާއާ އެއްވަރުވީ 2-2 އިން.

  • ލޫސިއާނޯ ސްޕަލެޓީ - އިޓަލީ

"އަސްލު އަލްބޭނިއާ މެޗަށްފަހު ބަދަލެއް ގެންނަން ޖެހޭ ޓީމަށް. އެހެންވިޔަސް، އަލްބޭނިއާ ކައިރީ ރަނގަޅަށް ކުޅުނީމަ އަހަންނަށް ވިސްނުނީ ސްޕެއިނާ ދެކޮޅަށް ނުކުންނަން ބަދަލެއް ގެނެސްފިނަމަ، މޮޔަ ކަމެއް ކުރެވިދާނެޔޭ. އެކަމަކު އެއީ ގޯހެއް. އަހަންނަށް ހެދުނު މޮޔަ އެއްޗެއް. އެމެޗަށް ޓީމުގެ 11 އަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ،"

"އަހަރެމެން ސްޕެއިން މެޗު އެނަލައިޒް ކޮށްފިން. އަހަރެމެން އެ މެޗާ ގުޅޭ ގޮތުން ވާހަކަވެސް ދައްކައިފިން. އަދި ފަހަތަށް ފިޔަވަޅެއް އަޅައި، އެ މެޗުގައި ގޯސްކޮށް ހުރި ތަންތަން ރަނގަޅު ކޮށްގެން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ. ދެން އެ މަންޒަރެއް އިޓަލީ ޓީމަކުން ނުފެންނާނެ،"

  • ލަޓްކޯ ޑަލިޗް - ކްރޮއޭޝިއާ

"މިއީ ތާރީހުގައި ލިޔެވޭނެ މެޗެއް. އަހަރެމެން މި މެޗަށް ތައްޔާރު. އަހަރެން އުންމީދު ކުރަނީ މޮޅުވާނެ ކަމަށް. އަހަރެމެން ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅެމުން މިދަނީ އަދިވެސް. އެހެންވިޔަސް އަހަރެމެންނަށް ބޯޅައާ އެކު ހަމަޖެހިލަން އުނދަގޫވޭ. އެ ހާސްކަމުގެ ސަބަބުން ގޭމަށް އަސަރުތަކެއް ކުރޭ. އަހަރެމެން އެބަ ޖެހޭ ބޯޅަ ގެންގުޅޭ އިރު އެހާ އަވަސްކޮށް ނުގެއްލޭނެ ގޮތެއް ހޯދަން. އަހަރެމެންނަށް އިޓަލީ އެނގޭ. އަހަރެމެން އިޓަލީ ބަލިކޮށް ތިން ޕޮއިންޓް ނުހޯދައިފިނަމަ، ދެން ޖެހޭނީ ގެޔަށް ދާން،"