ފްރާންސްގައި މިއަހަރު ބާއްވާ އޮލިމްޕިކް ގޭމްސްއަށް ދާ ދިވެހި ފެތުންތެރިންގެ ގޮތުގައި މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގު ކަނޑައަޅައިފިއެވެ.
ފެތުމުގެ ކުޅިވަރުން އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއަށް ލިބިފައިވާ ދެ ފުރުސަތަކީ ޔުނިވާސިލިޓީ ޕްލޭސަސްގެ ދެ ފުރުސަތެވެ. އޮލިމްޕިކް ގޭމްސްއަށް ދާނެ ދިވެހި ދެ ފެތުންތެރިން ކަނޑައެޅުނީ ވޯލްޑް އެކުއަޓިކްސްއިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިން ޕޮއިންޓް ލިބިގެންނެވެ.
އޮލިމްޕިކްސް ވާދަކުރާނެ ފެތުންތެރިން ކަނޑައަޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ ވޯލްޑް އެކުއަޓިކްސް އިންނެވެ.
މިފަހަރުގެ އޮލިމްޕިކްސް ކޮންޓިޖެންޓަކީ މިހާތަނަށް ރާއްޖެއިން އޮލިމްޕިކްސްއަށް ދާ އެންމެ ބޮޑު ކޮންޓިޖެންޓެނެވެ. ރާއްޖެއިން މިފަހަރު ހަތަރު ކުޅިވަރެއްގައި ވާދަކުރާ އިރު، އޭގެ ތެރެއިން ޓޭބަލް ޓެނިހުން ފުރުސަތު ހޯދީ ކޮލިފައިވެގެންނެވެ. އޮލިމްޕިކްސްއަށް ކޮލިފިކޭޝަނެއް ކާމިޔާބުކޮށް، ފުރަތަމަ ކޮލިފައިވި ދިވެހި އެތުލީޓްގެ ޝަރަފު ހޯދީ އުމުރުން އެންމެ 16 އަހަރުގެ ފާތިމަތު ދީމާ އަލީއެވެ.
އޮލިމްޕިކްސްގައި މިފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. ނަބާހާއަކީ ބެޑްމިންޓަނުގައި ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އާދަމެވެ. ދެން އޮލިމްޕިކްސްއަށް ދާނެ ކުޅިވަރަކީ ސްވިމިންނެވެ. ސްވިމިންއިން ދާނެ އެތުލީޓުންނަކީ މުހައްމަދު އާން އަދި އާއިޝަތު އުލްޔާއެވެ،
އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް, އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ މެމްބަރު އަލީ ރަޝީދު (އައްޔަ)އެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން