ހދ. ހަނިމާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު، ރޭ ކޮޓަރިއަށް ވަންގޮތަށް ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު ވެސް އެއްވެސް ހަރަކާތެއްނެތި އެމީހާ އެނދުމަތީގައި އޮއްވައި ފެނިފައިވާ ކަމަށެވެ. އެއީ 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ހަނިމާދޫ ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.