ދެކުނު ކޮރެއާއިން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭނަމަ އެއީ ހެދޭ ބޮޑު މިސްޓޭކެއް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވިދާޅުވެއްޖެއެވެ.
ޕޫޓިން ވިދާޅުވީ ދެކުނު ކޮރެއާއިން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭން ނިންމުން ވެގެންދާނީ ރަޝިޔާއިން ދެކުނު ކޮރެއާގެ ލީޑަރުންނާއި މެދު އަމަލު ކުރާނެ ގޮތަކާމެދު ވިސްނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. ޕޫޓިން މިހެން ވިދާޅުވެފައިވަނީ މިހާރު ވިއެޓްނާމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަމުންނެވެ.
ޓްރަމްޕް ވަނީ ވިއެޓްނާމަށް ދަތުރުކުރުމުގެ ކުރިން އުތުރު ކޮރެއާއަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ވަނީ ރަޝިޔާއާއި އުތުރު ކޮރެއާއިން ސަލާމަތީ ކަންކަމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ވިއެޓްނާމްގައި ނޫސްވެރިންނާ މުހާތަބު ކުރައްވައި ޕޫޓިން ވަނީ އެމެރިކާއާ ގުޅިފައިވާ ބައިވެރިން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭނަމަ ރަޝިޔާއިންވެސް އުތުރު ކޮރެއާއަށް ހަތިޔާރު ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ