މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މަންތާ އެއާ އާއި ރާއްޖޭގެ ބޮޑެތި ރިސޯޓިތައް ގުޅިގެން ބާއްވާ އެކްސްޕްލޯ މޯލްޑިވްސް ރޯޑް ޝޯ މި މަހުގެ 26 ގައި ބާއްވަން ހަމަޖައްސައިފިއެވެ.

މި އިވެންޓު އޮންނާނީ، މި މަހުގެ 26 ގައި އިންޑިއާގެ ބެންގަލޫރުގައި ހުންނަ ސަންގްރިއްލާ ހޮޓެލްގައެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި އިވެންޓުގެ މަގުސަދަކީ އިންޑިއާގެ ގިނަ ފަތުރުވެރިން ޝައުގުވެރިކުރުވުމާއި ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީއާ ދެމެދު ނެޓްވޯކިންގެ އަގު ހުރި ފުރުސަތުތައް އިންޑިއާގެ ޓްރެވަލް އިންޑަސްޓްރީގެ އިސްވެރިންނަށް ފަހިކޮށްދިނުމެވެ.

މި އިވެންޓަކީ، ރާއްޖެ އާއި އިންޑިއާއިން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މި އިވެންޓުގައި އިންޑިއާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވާނެއެވެ.