ޔޫރޯ 2024 ގެ 19 ވަނަ މެޗުގައި ސްލޮވޭކިއާއި ޔުކްރެއިން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިފަހަރު ޔުކްރެއިނުން ޔޫރޯ ފެށީ 3-0 އިން ރުމޭނިއާ އަތް ދަށުވެގެން. އެހެންކަމުން މިއަދުގެ މެޗަކީ ޔުކްރެއިނަށް މޮޅެއް ހޯދަން ޖެހޭ މެޗެއް. ނޫންނަމަ ގަދަ 16 ހޯދަން އުނދަގޫވާނެ. ސްލޮވާކިއާއިން މިފަހަރުގެ ޔޫރޯ ފެށީ އެންމެ ސަޕްރައިޒިން މޮޅާ އެކުގައި. ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ވަރުގަދަ ބެލްޖިއަމް 1-0 އިން ބަލިކޮށްފައި. ޗެކޮސްލޮވާކިއާއިން 1976 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި އިރު، އެގައުމުތަކުގެ ތެރޭގައި ސްލޮވާކިއާ ހިމެނުނު ނަމަވެސް، އެ ގައުމުން ސްލޮވާކިއާގެ ނަމުގައި ޔޫރޯއަށް ފުރަތަމަ ނުކުތީ 2016 ވަނަ އަހަރު. އެފަހަރު ގަދަ 16 އަށް ދިޔަ ނަމަވެސް 2020 ގެ މުބާރާތުން ކެޓީ ގްރޫޕް ސްޓޭޖުން.

ފުރަތަމަ ބޮޑު ހަނގުރާމައާ ގުޅުން ހުރި މުހިއްމު އެހެން ސަރަޙައްދެއް ކަމުގައި ވާ ރައިންލޭންޑުގެ އުތުރުގައި އޮންނަ ޑުސެލްޑޯރފަކީ 650000 މީހުންގެ އާބާދީއެއް އޮންނަ ޝަހަރެއް. އެ ޝަހަރުގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑު ކަމުގައި ވާ ޑުސެލްޑޯރފް އެރީނާ އަކީ ޔޫރޯ 2024 ގެ މެޗުތައް ކުޅޭނެ އެންމެ ކުޑަ އެއް ދަނޑު. މި ދަނޑުގައި ކުޅެފައި ވާ މުހިއްމު މެޗުތަކުގެ ތެރޭގައި 1988 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތައް ހިމެނޭ.

ކެޕޭސިޓީ: 47000