ކ.ތިލަފުށީގައި ހުރި ރާއްޖެ ލޮޖިސްޓިކްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ހާޑްވެއާ ސާމާނު ރައްކާކުރަން ބޭނުންކުރާ އެ ގުދަނުގައި އަލިފާން ރޯވެގެން ރިޕޯޓްކުރީ މިއަދު މެންދުރުފަހު 2:35 އެހާކަންހާއިރު ކަމަށެވެ.
ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ތިލަފުށި ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 3:35 ހާއިރު ކަމަށްވެސް ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ހާދިސާގައި ގުދަނުގައި ހުރި ހާޑްވެއާ ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ނަމަވެސް ރާއްޖެ ލޮޖިސްޓިކްސްގެ އެއްވެސް ނަންބަރަކުން ފޯނު ނުނަގާތީ އެ ގުދަނުގައި ހުރީ ކޮންކަހަލަ އެއްޗިއްސެއް ކަމެއް އަދި ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު