ޔޫއެފާ ޔޫރޯ 2024ގެ ހަތަރުވަނަ މެޗުގައި އިޓަލީއާއި އަލްބޭނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ އެންމެފަހުގެ ޗެމްޕިއަން އިޓަލީން މިފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗު. އެންމެފަހުން ފަހަރު އިޓަލީން ތަށި ހޯދީ ފައިނަލުގައި އިންގްލެންޑް ބަލިކޮށްފައި. އަނެއްކޮޅުން ނުކުންނަ އަލްބޭނިއާއަކީ ޔޫރޯއަށް އެހާ ފަރިތަ ޓީމެއް ނޫން. ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަލްބޭނިއާ ފުރަތަމަ ޔޫރަޕުގެ އެންމެ މަތީ ފަންތިއަށް ފެނިލީވެސް 2016 ވަނަ އަހަރު. ޔޫރޯ 2016 އަށް ކޮލިފައިވެ، އަލްބޭނިއާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ތިންވަނައިގައި. މިއީ އޭގެފަހުން ކުޅޭ ފުރަތަމަ ޔޫރޯ.
- އިޓަލީން 2021 ވަނަ އަހަރު ބޭއްވި ޔޫރޯ 2020 ގައި ހޯދީ އެޓީމުގެ ދެވަނަ ތަށި
- އެންމެފަހުން އިޓަލީން ޔޫރޯ ކާމިޔާބުކުރީވެސް ވޯލްޑް ކަޕެއްގެ ފުރުސަތު ގެއްލިފައި އޮވެގެން
- މިފަހަރުވެސް އިޓަލީ ޔޫރޯއަށް ނުކުންނަނީ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައި އޮވެގެން
- އިޓަލީގެ ކީޕަރު ޑޮނަރޫމާ މިދިޔަ ޔޫރޯގައި ވިދާލި
- އޭނާ ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި
- ފައިނަލުގައި ޕެނަލްޓީ ޖެހިއިރުވެސް މޮޅަށް ކުޅުނީ ޑޮނަރޫމާ
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024