ޔޫއެފާ ޔޫރޯ 2024ގެ ތިންވަނަ މެޗުގައި ސްޕެއިނާއި ކްރޮއޭޝިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭ ސްޕެއިނާއި ކްރޮއޭޝިއާ ވާދަކުރާ މެޗަކީ ގްރޫޕް ބީގެ ފުރަތަމަ މެޗު. ގްރޫޕް ބީއަކީ މަރުގެ ގްރޫޕްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގްރޫޕް. އެ ގްރޫޕްގައި ދެން ހިމެނެނީ އަލްބޭނިއާ އަދި އެންމެފަހުގެ ޗެމްޕިއަން އިޓަލީ. ސްޕެއިނަކީ މިހާތަނަށް ރެކޯޑު ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ ޓީމެއް. އަނެއްކޮޅުން ނުކުންނަ ކްރޮއޭޝިއާއަކީ މިވަގުތުވެސް ދުނިޔޭގެ ފުޓުބޯޅައިގައި ވަރުގަދަ ޓީމެއް. ސްޕެއިނާއި ކްރޮއޭޝިއާއަކީ މިދިޔަ ދެތިން އަހަރުގައި ވާދަވެރި ދެ ގައުމު.

  • ޔޫއެފާ ނޭޝަންސް ލީގު 2018ގައި ވެސް ސްޕެއިނާއި ކްރޮއޭޝިއާ ދެ ފަހަރަށް ވާދަކުރި
  • އޭގެ ތެރެއިން ފުރަތަމަ މެޗު ސްޕެއިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ މެޗުން މޮޅުވީ ކްރޮއޭޝިއާ
  • ޔޫރޯ 2020 ގެ ގަދަ 16 ގައިވެސް ކްރޮއޭޝިއާއާއި ސްޕެއިން ވާދަކުރި
  • އެ ފޯރިގަދަ މެޗު 5-3 އިން ނިމުނީ ސްޕެއިން މޮޅުވެގެން
  • މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައިވެސް ސްޕެއިނާއި ކްރޮއޭޝިއާ ވާދަކުރި
  • އެ ފައިނަލުން މޮޅުވީ ސްޕެއިން