މިމަހުގެ އެކަކުން ފެށިގެން އަލިމަސް ކާނިވާ ސަރަހައްދުގެ ކުލިތައް ބަލައިގަންނާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެކަމާ ގުޅޭ އިތުރު މައުލޫމާތު ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.

ކާނިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ ކެޕޭތަކާއި ރެސްޓޯރެންޓް ހިންގަމުން އަންނަ ސަރަހައްދަކެވެ. އެ ސަރަަހައްދުގައި ވަނީ ޕްރައިވެޓް ޕާކިންއަށް ވެސް ހާއްސަ ޒޯނެއް ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެކި ޖަލްސާތަކާއި ހަފުލާތަކަށް އެތަނުގެ ސްޓޭޖް ސަރަހައްދު ކުއްޔަށްދެއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި މޭޔަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބިގޮތް ވަނީ ނުވެފައެވެ.