އއ. ތޮއްޑޫ ހޭޅިފަށުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ދެ ދުވަހަށް ބަންދުކޮށްފިއެވެ.
ތޮއްޑޫ ބްރައިޓް އަންހެނުން މަގުބޭރު ހޭޅިފަށުގައި އަލިފާން ރޯވެފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ 9:29 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
އެ މައްސަލައިގައި ވަނީ 45 އަހަރުގެ 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ޕުލުހުން މިއަދު ބުނީ ތޮއްޑޫ ހޭޅިފަށުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެރަށު ކޯޓަށް ގެންދިއުމުން، އެ މީހާގެ ބަންދަށް ދެ ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރު ކުރި އިރު، ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރު ކުރިއެވެ. ޝަރުތު ކުރުމަށްފަހު އެ އެންމެން ވެސް ވަނީ މިއަދު ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު