ދަށު ކޯޓުގެ ފަނޑިޔާރުންވެސް ޝަރީއަތުގެ މަޖިލީހުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފިއެވެ.
ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލާންޖެހެނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ.
މިހާރު އޮންނަ ގޮތުން، ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ތިބެން ޖެހެނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގައެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި "ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު"ގައިވާ ގޮތުގައި އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތް ކުރާއިރު ތިބެން ޖެހެނީ ގައުން ލައިގެންނެވެ.
އެ ގަވާއިދުގައި ވަނީ އެ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް ހުންނަ ގައުނަކަށް ވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެ ގަވައިދުގައި ބުނީ، ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑީޖޭއޭއިން ގައުން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް ގައުން ދޭންޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު