ކޮޕާ އެމެރިކާއަށް ތައްޔާރުވަމުންދާ ބްރެޒިލުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި މެކްސިކޯ ބަލިކޮށްފިއެވެ.
ޓެކްސަސްގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ބްރެޒިލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުން ބްރެޒިލް މޮޅުކޮށްދިން ގޯލު، އުމުރުން އެންމެ 17 އަހަރުގެ އެންޑްރިކް ޖަހައިދިނީ ފަހު ސިކުންތުގައެވެ. ބްރެޒިލްގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެންޑްރިކް، 18 އަހަރު ފުރުމާއެކު ރެއާލް މެޑްރިޑަށް ބަދަލުވާން މިހާރުވެސް ނިންމާފައިވާ އިރު، އޭނާ އެ ކްލަބާ ގުޅޭނީ މިއަހަރު ޑިސެމްބަރު މަހުގައެވެ. އެންޑްރިކް މިހާރު ކުޅެމުން ދަނީ ބްރެޒިލްގެ ޕަލްމޭރަސް އަށެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ފުލްހަމްގެ އަންދްރޭއާސް ޕެރޭރާ ގޯލު ޖަހައި ބްރެޒިލަށް ގޯލު ޖަހައިދިނެވެ. ސާވިއޯގެ ޕާހަކުން ޕެރޭރާ އެ ގޯލު ޖެހިއިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ބްރެޒިލްގެ ދެވަނަ ގޯލު ގެބްރިއަލް މާޓިނެލީ ޖެހިއެވެ.
ދެ ގޯލުގެ ލީޑެއްގައި ބްރެޒިލް ކުޅެމުން ދަނިކޮށް، މެކްސިކޯއިން މެޗަށް އަނބުރާ ވަނެވެ. 73 ވަނަ މިނެޓުގައި ޖޫލިއަން ގުއޭނޯނޭސް ޖެހި ގޯލުން މެކްސިކޯ ހިތްވަރު ހޯދައި، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގުއިލާމޯ މާޓިނޭޒް އަޔާލާ ޖެހި ގޯލުން މެކްސިކޯ ނަތީޖާ ހަމަހަމަ ކުރިއެވެ.
މެޗު އެ ނަތީޖާއާ އެކު ނިމެން ދަނިކޮށް، ބްރެޒިލް ސަލާމަތްކޮށްދިނީ އެންޑްރިކެވެ. އެންޑްރިކް މިހާތަނަށް ބްރެޒިލަށް ތިން މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ ތިން ގޯލު ޖަހައިފައެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް