އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ފެކްޓްރީއެއްގައި އަލިފާން ރޯވެ ތިން މީހަކު މަރުވެއްޖެއެވެ.

ދިއްލީގައި ހުންނަ ގޮވާމުގެ މަސައްކަތް ކުރާ ފެކްޓްރީގައި މިއަދު ރޯވި އަލިފާނުގައި ތިން މީހަކު މަރުވެފައިވާ އިރު، ހަ މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ އަލިފާން ރޯވީ ގޭސް ހޮޅިއެއް ފަޅައިގެން ގޮސް އެ ފެކްޓްރީގައި ބޭނުންކުރާ ކޮމްޕްރެސަރެއްގެ ހޫނުގެ ސަބަބުން ކަމަށް މިހާތަނަށް ކުރި ތަހުގީގުން ހާމަވެފައިވާ ކަމަށް ބުނެފައެވެ.

ދިއްލީގެ އަލިފާން ނިއްވާ ޓީމުތަކުގެ އެހީގައި އަލިފާންގަނޑު ނިއްވާލާފައިވާ އިރު، އެފެކްޓްރީގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ނުވަ މީހަކު އެއްވެސް އަނިޔާއެއް ނުވެ ސަލާމަތް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.