އދ. އިން ޝާއިރު ކުރާ ކުޑަކުދިންނާ ދެކޮޅަށް އަނިޔާވެރި އަމަލު ހިންގާ މީހުންގެ ލިސްޓުގައި އިޒްރޭލުގެ މިލިޓަރީ ހިމަނައިފިއެވެ.
އދ. އިން ޝާއިރު ކުރާ އެލިސްޓަށް އިޒްރޭލުގެ މިލިޓަރީ ހިމަނާފައިވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުގެ މިލިޓަރީ ކުޑަކުދިންނާ ދެކޮޅަށް އަނިޔާވެރި އަމަލު ހިންގާ މީހުންގެ ލިސްޓަށް އަރާފައިވާ އިރު، އޮފިޝަލުން ވަނީ އެލިސްޓުގައި ހަމާސް އާއި ފަލަސްތީނިއަން އިސްލާމިކް ޖިހާދުވެސް ހިމެނޭ ކަމަށް ބުނެފައެވެ.
ލިސްޓުގައި ހިމެނުމާ އެކު އދ. ގައި ހުންނަ އިޒްރޭލުގެ އެމްބެސަޑަރު ވަނީ އެގައުމުގެ މިލިޓަރީ އަކީ ކޮންމެ ކަމެއްގައިވެސް ރަނގަޅާއި ނުރަނގަޅު ބަލައިގެން މަސައްކަތް ކުރާ ބައެއް ކަމަށް ބުނެފައެވެ.
އދ. ގައި ހުންނަ އިޒްރޭލުގެ އެމްބެސަޑަރު ވަނީ އެލިސްޓަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ޓެރަރިސްޓުން ހިމާޔަތްކޮށް، އެމީހުންނަށް ހިތްވަރު ދިނުމަށް އޮންނަ ލިސްޓެއް ކަމަށްވެސް ތުހުމަތުކޮށްފައެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ހަތް ވަނަ ދުވަހު ފެށި ގަތުލް އާންމުގައި މިހާތަނަށް 15،500 އަށްވުރެން ގިނަ ކުޑަކުރިން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ