މިއަހަރުގެ ބޮޑު އީދު ފެށޭނީ މިމަހު 16 ގައި ކަމަށް އިސްލާމިކް މިނިސްޓްރު ޑރ. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާ ކަމަށެވެ.

ރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއަޔަތްކޮށް، ރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ހައްޖު މަހުގެ އެއްވަނަ ދުވަހަކީ ހަތެއް ޖޫންވާ ހުކުރު ދުވަސް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އަރަފާތު ދުވަހަކީ ޖޫން 15 ވާ ހޮނިހިރު ދުވަހު ކަމަށާއި އަޟްހާ އީދު ދުވަހަކީ ޖޫންމަހުގެ 16 ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅުއްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކަލަންޑަރުގައި ކުރިން ވާގޮތުންނަމަ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އަދި ކަލަންޑަރުގައިވާ ގޮތުން ކުރިން އަރަފާތު ދުވަހަކީ މިމަހުގެ 16 ވާ އާދިއްތަ ދުވަހެވެ. އީދު ދުވަހަކީ މިމަހުގެ 17 ވަނަ ދުވަހެވެ.