މެލޭޝިއާގައި ހެލިކޮޕްޓަރު އެކްސިޑެންޓު ހިނގި ހާދިސާގެ ތަހުގީގު ނިންމާލައިފިއެވެ.
އޭޕްރީލް މަހު މެލޭޝިއާގެ ނޭވީގެ ދެހެލިކޮޕްޓަރެއް މުޑިއަރައި ހިނގި ހާދިސާފައި 10 މީހުން މަރުވެފައިވެއެވެ.
އެގައުމުގެ ލުމުޓްގައި ހުންނަ ރޯޔަލް މެލޭޝިއަން މިލިޓަރީ ބޭސްގައި ހިނގި އެހާދިސާގެ ތަހުގީގު ނިންމައި އެތަހުގީގުން ލިބުނު މައުލޫމާތު އެގައުމުގެ ނޭވީ އިން ވަނީ ހާމަކޮށްފައެވެ.
ނޭވީއިން ކުރިޔަށް ގެންދިޔަ ތަހުގީގުން ވަނީ އެދެ ހެލިކޮޕްޓަރުގެ ތެރެއިން އެއްހެލިކޮޕްޓަރު ދުއްވާފައިވަނީ އެ ދުވަން ޕްލޭންކޮށްފައިވާ އުސްމިނެއްގައި ނޫންކަމަށާއި ދެ ހެލިކޮޕްޓަރު މުޑި އަރާފައިވަނީ އެކަމުގެ ސަބަބުން ކަމަށް ތަހުގީގުން ހާމަވެފައި ވެއެވެ.
މެލޭޝިއާގެ ނޭވީ އަށް 90 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވަން ރާވާފައިވާ ބޮޑު ޕެރޭޑަށް ތައްޔާރު ވުމަށް ކުރިޔަށް ގެންދިޔަ ފުރަތަމަ ރިހާލަސްގައި ދެހެލިކޮޕްޓަރު މުޑިއަރައި 10 މީހުން މަރުވުމުން ވަނީ އެޕެރޭޑް ކެންސަލް ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ