މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ނޭޕާލްގެ މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ނޭޕާލް މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން މީގެ ކުރިން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ.
ހައްޔަރުގައި ހުރި ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު