ކޮކާ-ކޯލާ ކުންފުނިން ކުރިއަށްގެންދާ ކޮކާ-ކޯލާ "ޔޫރޯ ޕްރޮމޯޝަން"ގެ ފުރަތަމަ ނަސީބުވެރިން ހޮވައިފިއެވެ.
އައިސް ޓީވީން ވަގުތުން ދެއްކި އިވެންޓެއްގައި މިއަދު ވަނީ ޔޫރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި އިއުލާންކޮށްފައެވެ. ޔޫރޯގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ލިބޭ ދެ ފަރާތާއި ސްމާޓްފޯން ލިބޭ ހަތަރު ނަސީބުވެރިން ވެސް ވަނީ ހޮވައިފައެވެ. ޔޫރޯގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ލިބުނު ފަރާތްތަކަކީ އާމިނަތު ޝަހީމާ އަދި އަހުމަދު ނަސީމްއެވެ.
ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އޮންނާނީ 14 ޖޫން އިން 14 ޖުލައި އަށް ޖަރުމަނުގައެވެ.
ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާއިން ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626' އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15 ގެ ނިޔަލަށެވެ.
ޔޫރޯއާ ދިމާކޮށް ކޮކާ ކޯލާއިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލަން ދިއުމުގެ ފުރުސަތު ހަ ފަރާތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ކޮންމެ ދެ ދުވަހުން އެއް ދުވަހު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
ކޮކާކޯލާއިން ބުނި ގޮތުގައި، އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާ އިރު، ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު