އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އިންތިހާބު ކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މަގާމުތަކަށް ވާދަކުރަން ހުޅުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ފުރުސަތު މިއަދަށް ހަމަވި އިރު، މަގާމުތަކަށް ކުރިމަތިލި މެންބަރުންނާއި ހޮވުނު މެންބަރުން އެ ޕާޓީން މިއަދު ވަނީ އިއުލާންކޮށްފައެވެ.

  • ޕީޖީ ލީޑަރު: ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  • ޑެޕިއުޓީ ޕީޖީ ލީޑަރު: ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)
  • ޑެޕިއުޓީ ޕީޖީ ލީޑަރު: މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
  • ސެކްރެޓަރީ ޖެނެރަލް: ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު
  • ޗީފް ވިޕް: ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
  • ވިޕް: ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  • ވިޕް: ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު (ނިއުބެ)

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ޕާޓީއަށް ނިސްބަތްވާ 75 މެންބަރުން އާ މަޖިލީހުގައި ތިއްބަވާނެއެވެ.