ރެއާލް މެޑްރިޑްގެ ފްރާންސް މިޑްފީލްޑަރު އޮރެލިއެން ޗުއަމެނީއަށް އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ފައިނަލް ގެއްލޭނެ ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އުމުރުން 24 އަހަރުގެ ޗުއަމެނީގެ ފައިތިލައަށް އަނިޔާވީ، މިދިޔަ މެއި މަހު ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގައެވެ. މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޗުއަމެނީގެ ފައިތިލައިގައި ހަނި ރެނދެއް ލާފައިވާ ކަމަށްވެސް ރެއާލުން ވަނީ ބުނެފައެވެ. އެ އަނިޔާ އިން ރަނގަޅުވެ، ޖޫން އެއްވަނަ ދުވަހު ޑޯޓްމަންޑާ ދެކޮޅަށް ޗުއަމެނީއަށް ކުޅެވޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ކޯޗު އެންޗެލޮޓީ ވަނީ އޭނާއަށް ނުކުޅެވޭނެކަން މިއަދު ޔަގީން ކޮށްދީފައެވެ.
"ޔޫރޯއަށް ތައްޔާރުވެވޭތޯ ބަލަން ހިނގާ. މިހާރު ޓީމާ ވަކިން އަމިއްލައަށް ރިހެބުގެ މަސައްކަތް ކުރަމުން އެ ދަނީ. އެހެންވިޔަސް، ފައިނަލަށް ހަމަ ޔަގީނުންވެސް ޗުއަމެނީ ފިޓެއް ނުވާނެ،" އެންޗެލޮޓީ ބުންޏެވެ.
މި ސީޒަނުގައި ޗުއަމެނީ ވަނީ ރެއާލަށް 38 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް އިއުލާނުކުރި 25 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނިފައެވެ. ފްރާންސުން ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. ގްރޫޕް ޑީގެ އެމެޗު އޮންނާނީ ޖޫން 17 ވަނަ ދުވަހުއެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް