ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފަތުރުވެރިޔާ ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންނަ ކަމަށް ރިޕޯޓް ލިބުނީ މިއަދު 11:30 އެހާކަންހާއިރު ކަމަށެވެ.

ނަމަވެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ކ. ފިހާނޮޅި އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ ރަޝިއާ ފިރިހެނެކެވެ.