ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ގެނބެމުންދިޔަ ފަތުރުވެރިޔަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ، އައްޑޫ ހިތަދޫ ފައިސަލް، 39، އެވެ.

ފުލުހުން މިއަދު ބުނީ، އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓެއް ގެނބިގެން، އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މިއަދު 11:00 ޖަހާކަން އެހާކަން ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ގެނބުނު ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.