ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އެ ބޭންކުން ހޮވައިފިއެވެ.
ޗެމްޕިއަންސް ލީގު ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބުނީ އައްޑޫ ސިޓީ/ މަރަދޫ، ހުސްނޫވިލާ މުހައްމަދު މުހުދިންއަށެވެ. އަދި
އެ ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމުގައިވާ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބިފައިވަނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދުއަށެވެ.
ބީއެމްއެލް އިން ބުނީ، އެ ޕްރޮމޯޝަނުގެ ދަށުން މުހުދިންއާއި ޒާއިންއަށް ހުރިހާ ހަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ. އެގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ބީއެމްއެލް އިން ބުނީ އެ ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނިފައިވާނެ ކަމަށެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު