ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ޒުހޫރު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޒުހޫރު އައްޔަންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ.
ޒުހޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ. އޭގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުގެ ފުރުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު